twitterviber whatsapp telegramfacebookyoutube instagram
4th August 2026

އިންތިހާބާ ގުޅޭ ޝަކުވާ ހުށައެޅުމުގެ ނިޒާމް އީސީން ގާއިމްކޮށްފި

ޚަދީޖާ އާދަމް
Jan 30, 2021

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފި އެވެ.

އެގޮތުން ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ގާނޫނާއި ގަވައިދުތަކާއި ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހެޅޭނެ ކަމަށް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެފަދަ ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަން ވާނީ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" ކަމަށާއި އެ ފޯމް ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިންތިހާބާ ގުޅިގެން ޝަކުވާ ހުށަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ ކޮމިޝަންގެ ރަސްމީ އީމެލްއެޑްރެސް، [email protected] އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355