twitterviber whatsapp telegramfacebookyoutube instagram
11th November 2026

ރާއްޖޭގެ ޖުމްލަ ރިޒާވް 984.8 މިލިއަން ޑޮލަރަށް އަރައިފި

Jan 31, 2021

ރާއްޖޭގެ ޖުމްލަ ރިޒާވް (ގްރޮސް އިންޓަނޭޝަނަލް ރިޒާވް) 984.8 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓުގައި ވާގޮތުން މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެެވެ.

މި އަދަދަކީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 56 ޕަސެންޓު އިތުރުވުމެއް ކަމަށާއި އަދި 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިއީ 31 ޕަސެންޓު އިތުރު އަދަދެއް ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 629.9 މިލިއަން ޑޮލަރެވެ. 2019 ވަނަ އަހަރު ނިމުނު އިރު 753.5 ޑޮލަރު ރިޒާވްގައި ހުރިކަމަށްވެސް އެމްއެމްއޭގެ ހިސާބުތައް ދައްކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293