twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ކުޅުދުއްފުއްޓާއި އައްޑޫ އަދި މާލޭގައި ކޮވިޑް ވެކްސިން ދިނުމަށް މާދަމާ ފަށަނީ

Jan 31, 2021

ރާއްޖޭގެ ތިން ސަރަހައްދެއްގައި މާދަމާ ކޮވިޑް-19 ވެކްސިން ދިނުމަށް ފަށާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. ހެލްތް މިނިސްޓްރީން ބުނީ މާދަމާ ކޮވިޑް-19 ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓާއި އައްޑޫ އަދި މާލޭގައި ކަމަށެވެ.

"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހް މާހިރު ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށާއި އައްޑޫއަށް މިހާރު ވެކްސިން ފޮނުވާފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާނީ ހެލްތް ވޯކަރުންނަށްކަމަށް ވިދާޅުވި އެވެ.

ވެކްސިން ދިނުމުގައި އިސްކަން ދޭނެ ތަރުތީބެއް އެޗްޕީއޭއިން ކަނޑައަޅާފައިވާއިރު ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި އުޅޭ ފަރާތްތަކަށާއި އުމުރުން ދުވަސްވީ ފަރާތްތަކަށް އަދި ހައިރިކްސް ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށެވެ.

ރާއްޖޭގައި މިހާރު ހުރީ އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" 100،000 ޑޯޒެވެ. އަދި އެސްޓްރަޒެނެކާގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާއެކު ވަނީ ރާއްޖޭން ސޮއިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293