twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރޯހައުސް ކުއްޔަށް ދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކައުންސިލުން ދީފި

އަބްދުލް ވާހިދު ޙަސަން
Feb 1, 2021
9

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށިން ދޫކޮށްފައިވާ ހައުންސިން ޔުނިޓްތައް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކުޅުދުއްފުށީ ކައުންސިލުން ދީފި އެވެ.

ކައުންސިލުން މިގޮތަށް ފިޔަވަޅު އަޅާނެކަން ހާމަކޮށްފައިމިވަނީ އެންމެފަހުން ދޫކުރި މާފަލު ހިޔާގެ ބައެއް ރޯހައުސްތައް ކުއްޔަށް ދޫކުރާކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮނެވެ. މާފަލު ހިޔާގެ އިތުރުން ކަނބޯރަނި ހިޔާގެ ބައެއް ރޯހައުސްތައްވެސް ކުއްޔަށް ދޫކުރާކަމުގެ ޝަކުވާވެސް ބޮޑެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، އެކި މަޝްރޫއުތަކުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ރޯހައުސްތައް ކުއްޔަށް ދިނުމަކީ ސަރުކާތުގެ ހައުންސިން ދޫކުރުމުގެ މަގްސަދާ ހިލާފު، މަނާކަމެއްކަމަށެވެ. އެގޮތަށް 6 ވަރަކަށް ރޯހައުސް މާލީ މަންފާ ހޯދުމުގެ ވަސީލަތެއްގެ ގޮތުން ކުއްޔަށް ދޫކުރާކަމުގެ މައުލޫމާތު ނުރަސްމީކޮށް ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކަނބޯރަނި ހިޔާގައި ގެ ބައެއް ރޯހައުސްތައް މާލީ މަންފާ ހޯދުމުގެ ގޮތުން ކުއްޔަށް ދޫކުރާ މައްސަލާގައި ފިޔަވަޅު އެޅުމަށް މިހާރުވެސް ހައުންސިންގ މިނިސްޓްރީގައި އެދިފައިވާނެކަމަށެވެ. ލަތީފް ވިދާޅުވީ، ދެ ސަރަހައްދުގައިވެސް ކުއްޔަށް ދޫކޮށްފައި ހުރި ރޯހައުސްތައް ބަލައި އެކަން އެ މީހުންގެ ސަމާލުކަމަށްވެސް ގެނެސް، މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355