twitterviber whatsapp telegramfacebookyoutube instagram
9th May 2026

ޓޫރިޒަމް މުވައްޒަފުން ވެކްސިންޖަހަން ރެޖިސްޓްރީން ވާން ހުޅުވާލައިފި

ޚަދީޖާ އާދަމް
Feb 3, 2021
1

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ވެކްސިން ޖަހަން، ރިސޯޓު މުވައްޒަފުންނާއި ސަފާރީ އާއި ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަޖިސްޓަވެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން އެދިފައިވެ އެވެ.

ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ހިމަނަން ޖެހޭނެ އެވެ.

ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަށް 10،000 ވެކްސިން ޑޯޒް މިހާރު ހާއްސަކޮށްފައިވާ ކަމަށާއި އަންނަ ހަފްތާގައި ވެކްސިން ދޭން ފެށޭވަރުވާނެކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

ސްޓާފުން ވެކްސިން ޖަހަން މާލެ އަންނަން ނުޖެހޭނެކަމަށާއި އެ ސްޓާފަކު ދިރިއުޅޭ ސަރަހައްދުން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355