twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރަށްރަށުގައި މާސްކް ނާޅާނަމަ ޖޫރިމަނާ ކުރަނީ

ޚަދީޖާ އާދަމް
Feb 3, 2021
1

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި މަހު 7 ވަނަ ދުވަހުން ފެށިގެން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކް ނާޅާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ޖޫރިމަނާ ކުރުމުގެ ބާރު ޓާސްކްފޯސްތަކަށްވެސް ލިބޭއިރު ޖޫރިނަމާ ކުރާނީ 1000 ރުފިޔާއިން ފެށިގެންނެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ، ބަލި ކޮންޓްރޯލު ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުން މަޖުބޫރުކޮށް އެކަން ތަންފީޒުކުރަން ފަށަން ހަމަޖައްސާފައިވަނީ

މާލެ ފިޔަވައި ރާއްޖޭގެ އެހެން ބައެއް ރަށްރަށުންވެސް ކޮވިޑް-19ގެ ކޮމިޔުނިޓީ ކޭސްތަކެއް ފެންނަމުންދާތީ އެވެ.

އެ ފިޔަވަޅުތައް ތަންފީޒުކޮށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކަށްވެސް ވަނީ އަންގާފަ އެވެ. އަދި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ވަނީ އަންގާފަ އެވެ.

މާސްކު އެޅުމުން އިސްތިސްނާވާ ފަރާތްތައް

- އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިން.
- ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު.
- އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން.
- ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު.

ރާއްޖޭގައި ކޮވިޑުގެ އަދަދުތައް މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް އުޅެނީ 100 އިން މަތީގައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ޕޮޒިޓިވްވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355