twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮވިޑާ ގުޅިގެން އިގްތިސާދީ ހަރަކާތްތައް ހުއްޓުުނު އިރުވެސް ވިންދު ޖަހަޖަހައި އޮތީ މަސްވެރިކަން: ރައީސް

ޚަދީޖާ އާދަމް
Feb 4, 2021

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓަކައި މިދިޔަ އަހަރުވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި ކޮވިޑްގެ ސަބަބުން ގައުމުގެ ފަތުރުވެރިކަމާއި އިގްތިސާދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރަކީ މިދިޔަ އަހަރު ކަމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި 2020 ވަނަ އަހަރު މަސްވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ނިންމާލެވުމަކީ އިގްތިސާދީ ބޮޑު ކާމިޔާބީއެއްކަމަށް ރައީސް ވަނީ ވިދަޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ލިފައިވާއިރު، މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރުކަމަށެވެ.

މީގެ އިތުރުން މި ދަނޑިވަޅުގއި ލިބުނު ގެއްލުމުގެ އެހީއަކަށް މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ކަނޑާލާ، ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަކީވެސް މިދާއިރާއިން ކުރިއެރުން ހޯދުމަށް ލިބުނު އިތުރު ބާރެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު އިތުރުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިން ސައްތަ އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

އަދި 13 ރަށެއްގައި ކޯލްޑް ސްޓޯރެޖް މިއަހަރު ތެރޭ ތަރައްގީކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މ މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355