ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ 84 އަހަރުގެ މީހަކު މިރޭ މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ ދިވެހި ފިިރިހެނެއްކަމަށެވެ.
އެމީހާއަށް ފަރުދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީގައެވެ. އެމީހާ މަރުވެފައިވަނީ މިރޭ 8:20 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ގިނައިން އުމުރުން ދުވަސްވީ މީހުންނެވެ. އިއްޔެވެސް ވަނީ ކޮވިޑް ޖެހިގެން މީހަކު މަރުވެފައި ވާއިރު އެއީވެސް އުމުރުން ދުވަސްވީ މީހެކެވެ. އިއްޔެ މަރުވެފައިވަނީ 70 އަހަރުގެ ދިވެހި ފިރިހެނެކެވެ.
Tonight at 08:20pm, a 84-year-old Maldivian male admitted at DH11 has passed away.
— Health Protection Agency (@HPA_MV) February 4, 2021
This is the 54th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
މާލެ ސަރަހައްދުގައި ކޮވިޑު ފެތުރުން ކޮންޓްރޯލުވެފައި އޮތުމަށް ފަހު އަލުން ބަލި ބާރަށް ފެތުރެން ފަށާފައިވާ އިރު އަތޮޅު ތެރޭގައި ބަލި އަންނަނީ ފެތުރެމުންނެވެ.
މީގެ އިތުރުން ރާއްޖޭގައި ވެސް ބަލީގެ އާ ވޭރިއަންޓުތައް އުޅޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން މިހާރު ފެންނަ ކޭސްތަކުގެ 30 ޕަސެންޓަކީ ބާރު މިނުގައި ފެތުރޭ ކޮވިޑްގެ އާ ވޭރިއެންޓުގެ ކޭސްތައް ކަމަށް އެ ސެންޓަރުގެ ކޮންސަލްޓެންޓް އެޕިޑަމޮލޮޖިސްޓު ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.