twitterviber whatsapp telegramfacebookyoutube instagram
25th April 2024

މެއި ޖޫންގެ އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފި

ނަބީލާ އިސްމާޢީލް
Feb 6, 2021

މި އަހަރު މެއި/ޖޫންގެ އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް މި އަހަރުގެ މެއި އަދި ޖޫން މަހުގެ އޭލެވެލް އިމްތިހާން ނުބާއްވަން އިނގިރޭސިވިލާތު ޕިއާސަން އިން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރުގެ މެއި/ޖޫންގެ އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމާއި ސެޓިފިކެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް މި މަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާނު ކުރާނެ ކަމަށެވެ.

ނަމަވެސް އޮކްޓޫބަރު/ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ ލެވެލް އިމްތިހާނު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ނިންމުމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކުރިއަށް ގެންދާ އޭއެސް/އޭލެވެލް ގެ އެޕްލިކޭޝަން މަރުހަލާއަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ދަރިވަރުން އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ގޮތަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދިއުމަށްވަނީ އަންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355