ދިރާގުގެ ފްރަންްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ ދީފިއެވެ. ދިރާގުން ބުނީ ފްރަންޓްލައިން މުވައްޒަފުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ދިރާގުގެ ބައެއް މުވައްޒަފުން ރެޖިސްޓަރކޮށް ވެކްސިން ޖަހާފައިވާ ކަމަށެވެ.
ދިރާގުން ބުނީ ކޮވިޑްގެ ތިން ވަނަ ރާޅުގައި ވެސް ފްރަންޓްލައިން އިންޖިނިއަނަރުންނާއި ޓެކްނީޝަނުން ގޭގެއަށް ޒިޔާރަތްކޮށް ހިދުމަތް ފޯރުކޮށްދެމުން އަންނަކަމަށެވެ. ދިރާގުން ބުނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑާއަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އެ ކުންފުނިން ބުނީ ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމުގަ އެވެ.
މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ދިރާގުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.