twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޒަމާންވީ ކުނީގެ މައްސަލައަށް ދާއިމީ، ދެމެހެއްޓެނިވި ހައްލެއް ހޯދައިދޭނަން: އަލީ

އަބްދުލް ވާހިދު ޙަސަން
Feb 7, 2021
4

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ދެމެހެއްޓެނިވި ހައްލެއް ހޯދައިދޭނެކަމުގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީ އިރުދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.

އަލީ މިހެން ލިޔުއްވާފައިމިވަނީ ވެމްކޯ ގެ ފަރާތުން ކުޅުދުއްފުށީގެ ކުނި ގޮނޑު ސާފުކޮށް ހުސްކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނިކޮށެވެ.

އަލީ ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުނި މެނޭޖް ނުކުރެވުމާއި، ކުނި ގޮނޑުގެ ސަބަބުން އުފަންވެފައިވާ އުނދަގުތަކަކީ މިސިޓީއަށް، ހާއްސަކޮށް އިރު ދެކުނު ދާއިރާގެ ރައްޔިތުންނަށް މިދިޔަ ދުވަސްތަކުގައި އުފުލަން ޖެހިފައިވާ ނުހަނު ބޮޑު ތަކުލީފެއް ކަމަށެވެ.

އިތުރަށް ޢަލީ ވިދާޅުވެފައިވަނީ ވެމްކޯގެ ފަރާތުން ފެށިގެން މިދިޔަ ކުނިގޮނޑު ސާފުކޮށް ހުސްކުރުމުގެ މަސައްކަތަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައިގެ ނިމުމުގެ ފެށުން ކަމަށެވެ. އަދި ކުރިއަށް އޮތް ހޮވޭ އެމްޑީޕީ ކައުންސިލަކުން މި މައްސަލައަށް ދާއިމީ، ދެމެހެއްޓެނިވި ހައްލެއް ގެނެސްދޭނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.

ކުނި މެނޭޖް ނުކުރެވުމާއި، ކުނި ގޮނޑުގެ ސަބަބުން އުފަންވެފައިވާ އުނދަގުތަކަކީ މި ސިޓީއަށް، ޙާއްސަކޮށް އިރު ދެކުނު...

Posted by Ali Ahumadh on Friday, February 5, 2021

ކުނީގެ މައްސަލަ އަކީ އެތަކެއް ޒަމާންވީ ބޮޑު މައްސަލައެކެވެ. އެތަކެއް އަހަރުތަކެއް ވަންދެން ޖަމާކޮށް، ނައްތާނުލެވިފައިވާ ކުނިތަކުގެ ސަބަބުން އެތަކެއް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. އާންމުކޮށް ކުނި މެނޭޖުކުރަމުން އަންނަނީ ކުނި ވަޅުލައިގެން ނުވަތަ އަންދައިގެންނެވެ. ކުނިއަންދާ ދުވަސްތަކުގައި މުޅި އެހިސާބުގައި ދުން ބޯވުމުގެ މައްސަލައަކީ އެހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިފާ ވަރަށް ބޮޑު މައްސަލައެކެވެ. އަދި ގިނަ ދަރިވަރުންތަކެއް ތައުލީމް ހާސިލް ކުރާ ސްކޫލެއްވެސް އެހިސާބުގައި އޮންނަ އިރު ދުމުގެ ސަބަބުން ގިނަ ބަޔަކު މިވަނި ސިއްހީ ނުރައްކަލަށް ހުށައެޅިފައެވެ.

2003 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުނި ކޮށީގެ މަސައްކަތް ރަސްމީކޮށް ފެށިގެން ދިޔައިރު، ކުނިމެނޭޖްކޮށް ނައްތާލެވޭނެ ދެމެހެއްޓެނިވި ނިޒާމެއް މިވަނީ މިއަދާއި ހަމައަށް ވެސް ގާއިމުނުވެއެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި 650 ޓަނުގެ ކުނި ސާފު ކުރެވިފައިވީ ނަމަވެސް، ކުނީގެ މައްސަލައަށް ހައްލެއް ލިބިފައެއްނުވެ އެވެ.

ކުޅުދުއްފުށި ސިޓީ އިރުދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަލީ، ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުނިކޮށި ހުސްކޮށް ނިމޭއިރަށް، ކުނިމެނޭޖް ކުރެވޭނެ ނިޒާމެއް ތަންފީޒު ނުކުރެވިއްޖެނަމަ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ނާންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެނޑިޑޭޓުން ނުކުންނަނީ ކުނި ކޮށީގެ މައްސަލައަށް ދާއިމީ ދެމެހެއްޓެނިވި ހައްލުތަކާއެކުކަމަށް އަލީ ވިދާޅުވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ، ކުނިކޮށީގެ އެސެސްމަންޓް އެއް ހަދައި، ވޭސްޓް މެނޭޖްމަންޓް ޕްލޭން އެއް އެކުލަވާލާއި ތަންފީޒު ކުރެވުމުން، ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބިގެންދާނެކަމަށެވެ.

ކުނީގެ މައްސަލާގައި އަލީ ކުރެއްވި ޕޯސްޓަށް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވަނީ ތައުރީފް ކުރައްވާފަ އެވެ. އޭނާ ލިޔުއްވާފައިވަނީ ރަށުގެ މުސްތަގުބަލު ބައްޓަން ކުރުމަށް ކަައުންސިލް ތަކަށް ބޭނުންވަނީ މިފަދަ އަޒުމު ވަރުގަދަ، ލާމަރުކަޒީ ނިޒާމު ދަންނަ އަދި އެނިޒާމަށް ލޯބިކުރާ ޒުވާނުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355