twitterviber whatsapp telegramfacebookyoutube instagram
16th August 2026

ރާއްޖޭގެ ނެޓްޒީރޯ އަމާޒަށް އިނގިރޭސިވިލާތުގެ މަރުހަބާ ކިޔައިފި

ނަބީލާ އިސްމާޢީލް
Feb 7, 2021

2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

އެގައުމުން މިކަމަށް މަރުޙަބާ ކިޔާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއާއި އިނގިރޭސިވިލާތުގެ ޚާރިޖިއްޔާގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އދ ގެ ކަންތައްތަކާ ބެހޭ ވަޒީރު ލޯޑް އަހުމަދު އާއެކު މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި މަޝްވަރާތަކުގައެވެ. ފޮރިން މިނިސްޓަރު ޝާހިދު އާއި ލޯޑް އަހުމަދު ބައްދަލުކުރައްވާފައިވަނީ ވަރޗުއަލްކޮށެވެ.

ނެޓް ޒީރޯއަކީ ގައުމުން ޖައްވަށް ކާބަން ބޭރު ކުރާ މިންވަރާ އެއްވަރަށް އެ ގޭސްތައް ޖައްވުުގެ ތެރެއިން ސާފު ވާނެ ގޮތްތައް ގާއިމް ކުރެވިފައި ހުރުމެވެ.

ދިވެހިރާއްޖެއިން ނެޓްޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހާމަކުރެއްވީ މިދިޔަ ޑިސެމްބަރު 22، ގައި އދ. އިން އިންތިޒާމްކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުއާއި ލޯޑް އަހުމަދު ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައި އޮންނަ ކޮޕް26 ސަމިޓާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައިވެސް ރައީސް ވަނީ ނެޓް-ޒީރޯ އަމާޒަކީ ހާސިލު ކުރެވިދާނެ ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355