އަންނަ އޭޕްރިލް މަހު 10 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ފޮށި އިނގިރޭސި ވިލާތާއި މެލޭޝިޔާގައި ނުބެހެއްޓޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން މިހެން ބުނީ އެ ދެގައުމުގައި ވޯޓު ފޮށި ބެހެެއްޓުމަށް ހުއްދަ ނުލިބޭނެކަން ޔަގީން ވުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވި އެެވެ.
އީސީން މީގެ ކުރިން ނިންމާފައި އޮޓީ ލަންޑަނާއި ކުއަލަލަމްޕޫރުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަމަށާއި ފޮރިން މިނިސްޓްރީގެ ފަރާތުން ވެސް ވަނީ އެ ގައުމުތަކުގައި ވޯޓު ފޮށިތައް ނުބެހެއްޓޭނެކަން ޔަގީންވެފައިވެފައި މައުލޫމާތު ދެއެވެ.
އެ ދެ ގައުމުގައި ވޯޓު ލާން ރެޖިސްޓްރީވި މީހުންނަށް އެހެން ފޮއްޓަކަށް ވޯޓު ލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.