twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޗައިނާގެ "ކޮރޯނާވެކް" ވެކްސިން ބޭނުން ކުރަން ހުއްދަ ދީފި

ޚަދީޖާ އާދަމް
Feb 8, 2021

ޗައިނާގެ ސިނަވޮކް ބައޮޓެކް ކުންފުނިން އުފެއްދި "ކޮރޯނާވެކް" ވެކްސިން ބޭނުން ކުރަން އެގައުމުގެ ބޭހާއި ވެކްސިން ކޮންޓްރޯލް ކުރުމާއިބެހޭ އިދާރާއިން ހުއްދަ ދީފި އެެވެ.

މިއީ ކޮވިޑް-19 އާއި ދެކޮޅަށް އެގައުމުން އުފެއްދި ދެވަނަ ވެކްސިނެެވެ. ސިނަވޮކް ބައޮޓެކުން ބުނީ ކޮރޯނާވެކް ކްލިނިކަލް ތަޖްރިބާގެ ތިންމަރުހަލާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާތީ ޗައިނާގެ ބޭހާއި ވެކްސިން ކޮންޓްރޯލްކުރުމާބެހޭ އިދާރާއިން އެވެކްސިން އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ މިއަދު ދީފައިވާކަމުގައެވެ.

ޗައިނާއިން އެންމެ ފުރަތަމަ އުފައްދައި ބާޒާރަށް ނެރެފައިވަނީ "ސިނޮފާމް" ވެކްސިންއެވެ. އެވެކްސިންވަނީ ޗައިނާގައާއި ދުނިޔޭގެ އެކިގައުމުތަކުގައި ބޭނުންކުރަން ފަށާފައެވެ. ޗައިނާގެ އިތުރުން "ސިނޮފާމް" ވެކްސިން އެންމެ ގިނައިން ބޭނުންކުރަމުން ގެންދަނީ ގަލްފުގެ މުއްސަނދި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި އިންޑޮނީޝިއާ ގައެވެ.

"ސިނޮފާމް" ވެކްސިން ބޭނުންކުރުމުން ކޮވިޑް ނުޖެހޭނެކަމުގެ ޔަގީންކަން 79 އިންސައްތައަށް އޮންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާއިން ދެވަނަ ވެކްސިންއެއް ބާޒާރަށް ނެރެފައިވާއިރު މިއީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ (ވެކްސިން އުފައްދާފައިވާ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން) ލިބުނު 8 ވަނަ ވެކްސިން އެވެ. މި ވެކްސިން އެމެޖެންސީން ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާއިރު ކޮވިޑް-19 ފެތުރެމުންދާ މިހާލަތަކީ އާންމު ސިއްހަތާބެހޭ އިމަޖެންސީ ހާލަތެއްކަން ޗައިނާގެ ސިއްހަތާބެހޭ ވުޒާރާއިންވަނީ ކަނޑައަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355