twitterviber whatsapp telegramfacebookyoutube instagram
21st June 2025
ADVERTISEMENT
ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން-- ފޮޓޯ

މަތީ ތައުލީމުގެ ލޯނަށް އެދުމަށް 770 ފުރުސަތު ހުޅުވާލައިފި

ޚަދީޖާ އާދަމް
Feb 11, 2021

ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނަށް އެދުމަށް 770 ފުރުސަތު ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް އެދުމުގެ ފުރުސަތު ގައި މިހާރު ތައުލީމު ހާސިލްކުރާ ކުދިންނަށް ގިނަ ސްލޮޓުތައް ކަނޑައަޅާފައިވާނެ ކަމަށާއި މިއަދު ހުޅުވާލި 770 ފުރުސަތުގެ ތެރެއިން 471 ސްލޮޓަކީ މިހާރު ކިޔަވާ ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ސްލޮޓްތައް ކަމަށެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 290 ސްލޮޓް ރިޒާވްކޮށްފައިވާނެ ކަމަށާއި މިއީ މަތީ ތައުލީމާއި ތަމްރީނަށް މި ސަރުކާރުން ހުޅުވާލާ އެންމެ ގިނަ ފުރުސަތު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ލޯނު ފުރުސަތުތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ހާއްސަ ޖާގަތައް ކަނޑައަޅާފައިވާ ކަމަށާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ޑިޕްލޮމާ އަދި ޑިގްރީ ހާސިލް ކުރުމަށް އެފަދަ ދަރިވަރުންނަށް ހާއްސަ ފުރުސަތު ދޭނެ ކަމަށެވެ.

ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 3 ހަފްތާގެ މުއްދަތަށެވެ. އެގޮތުން ލޯނަށް އެދުމުގެ ފުރުސަތު މާޗު މަހު 4 ވަނަ ދުވަހަށް ހަމަވާނެ އެވެ.

މިނިސްޓަރު ވަނީ ލޯނުގެ ފުރުސަތު ތަކުގެ ބޭނުން ހިފައިގެން މަތީ ތައުލީމާ ތަމްރީނު ހޯދާ ހުރިހާ ދިވެހި ދަރިވަރުން އެނބުރި ގައުމަށް އައިސް ގައުމަށް ހިދުމަތްކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com