twitterviber whatsapp telegramfacebookyoutube instagram
10th June 2026

މިއަހަރު މިހާތަނަށް ރާއްޖެއަށް 121،000 ފަރުވެރިން، އެންމެ ގިނައިން އައިސްފައިވަނީ އިއްޔެ

ޚަދީޖާ އާދަމް
Feb 13, 2021

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 121،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އިއްޔެ އެކަނިވެސް ރެކޯޑް އަދަދަކަށް ފަރުވެރިން އައިސްފައި ވެއެވެ.

އެގިތުން އިއްޔެ 4،700 ފަތުރުވެރިން އައިސްފައިވާއިރު ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެކަން ހާމަކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ފަތުރުވެރިކަމުގައި ސިނާއަތުގެ ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރުއާދާކޮށްފަ އެވެ.

ހުސްވީ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 92،103 ފަތުރުވެރިންނެވެ. މި ހިނގާ ފެބުރުއަރީ މަހުގެ ފުރަތަމަ 10 ދުވަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 29،592 އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355