twitterviber whatsapp telegramfacebookyoutube instagram
14th October 2025

ވެކްސިނާއި ދެކޮޅު ހަބަރު ފަތުރަމުން ގެންދިޔަ ވެބްސައިޓެއް ބްލޮކްކޮށްލައިފި

ޚަދީޖާ އާދަމް
Feb 14, 2021
1

ކޮވިޑް ވެކްސިނާއި ދެކޮޅު ހަބަރުތައް ފަތުރަމުން ގެންދިޔަ ވެބްސައިޓެއް ބްލޮކްކޮށްލައިފި އެވެ. އެ ވެބްސައިޓުން ގެންދިޔައީ ރާއްޖޭގައި ވެކްސިން ޖަހަން ފެށުމަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅުގައި ވެކްސިނާމެދު ބިރުވެރިކަން އުފައްދާ، ވެކްސިނުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ދިމާވާ ކަމަށް ބުނެ ތަފާތު އެކި ލިޔުންތައް ގެނެސްދީފައި ވެއެވެ.

މި ވެބްސައިޓްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮމިއުނިކޭޝަން އޮތޯރިޓީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލު ކަމަށް ގެންގޮސްފައިވަނީ މިދިޔަ ޖެނުއަރީ މަހު 20 ވަނަ ދުވަހުއެވެ. ވެބްސައިޓް ބްލޮކް ކުރުން ލަސްވާތީ އިއްޔެ ވެސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ފަހުން އެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން މިހާތަނަށް 33،000 ވުރެ ގިނަ މީހުން ޖަހާފައި ވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އިސްވެރިންނާއި ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355