twitterviber whatsapp telegramfacebookyoutube instagram
10th August 2026

މާލެ ސަރަހައްދުން 27،065 މީހުން، އަތޮޅުތެރެއިން 6،041 މީހުން ވެކްސިން ޖަހައިފި

ޚަދީޖާ އާދަމް
Feb 14, 2021

ރާއްޖޭގައި ކޮވިޑް ވެކްސިން މިމަހު އެއްވަނަ ދުވަހު ދޭން ފަށާފައިވާއިރު މިހާތަނަށް 33،106 މީހަކު ވެކްސިން ޖަހައިފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އިއްޔެ އެކަނިވެސް 5،717 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 4،609 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 1،108 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 27،065 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައިވައިރު އަތޮޅުތަކުން 6،041 މީހަކަށް ވަނީ ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355