twitterviber whatsapp telegramfacebookyoutube instagram
8th November 2026

ކޭސްތައް ކޮންޓްރޯލް ނުވާނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ: އެޗްޕީއޭ

ޚަދީޖާ އާދަމް
Feb 14, 2021

ކޭސްތައް ކޮންޓްރޯލް ނުވާނަމަ ހަރުކަށި ނިންމުންތަކެއް ނިންމަން ވެސް ޖެހިދާނެ ކަމަށާއި މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ އިތުރު ލޮކްޑައުންއަކަށް ނުދިއުމުގެ އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ ލޮކްޑައުންގެ ހިތި ތަޖުރިބާ ތަހައްމަލު ކޮށްފައިވުމާއެކު އެކަން އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުން މުހިއްމު ކަމަށެވެ.

ކޭސްތައް ކޮންޓްރޯލްނުވެ ހާލަތު އިތުރަށް ގޯސްވަމުން ދާނަމަ މިހާރު ހުރިވަރަށްވުރެ ފިޔަވަޅުތައް ހަރުކަށިކޮށް އެހެން ގޮތެއް ހޯދަން ޖެހިދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މާލެ ސަރަޙައްދުން ފެންނަމުންދާ ކޭސްތައް އިތުރުވެފައިވުމާއެކު ރޭގަނޑު 11:00 އިން ފަތިހު 04:00 ގެންދަނީ ކާފިއު ހިންގަމުންނެވެ. އަދި އިރުއޮއްސި 06:00 ހެނދުނު 06:00 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293