twitterviber whatsapp telegramfacebookyoutube instagram
17th June 2025
ADVERTISEMENT
ކޮވިޑް-19 ޖެހުނު މީހަކު ފުނަދޫއަށް ގެނެސް، ފެސިލިޓީއަށް ގެންދަނީ، މިވަގުތު އެތަނުގައި ތިން މީހަކަށް ދަނީ ފަރުވާދެމުން--

ފުނަދޫ ފެސިލިޓީގައި ކޮވިޑް ޖެހުނު ތިން މީހަކަށް ފަރުވާދެނީ، ހާލު ރަނގަޅު

އަބްދުލް ވާހިދު ޙަސަން
Feb 15, 2021

ފުނަދޫގައި ހުންނަ ރީޖަނަލް ކޮވިޑް ފެސިލިޓީގައި މިވަގުތު ތިން މީހަކަށް ފަރުވާދެމުންދާއިރު އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުނަދޫ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ފެސިލިޓީގައި މިވަގުތު ފަރުވާދެމުންދަނީ ހއ ދިއްދޫއަށް ނިސްބަތްވާ ތިން މީހެކެވެ. އެތަނުން އެކަކު ފެސިލިޓީއަށް ގެންގޮސްފައިވަނީ މިއަދު އެވެ.

ފުނަދޫ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒުމްރަތު އެ ފެސިލިޓީގައި ފަރުވާދޭ ޑޮކްޓަރުންނާ ހަވާލާދީ މިއަދު ވިދާޅުވީ، ފެސިލިޓީގައި މިވަގުތު ފަރުވާދެމުންދާ ތިން މީހުންގެވެސް ހާލު ރަނގަޅުކަމަށެވެ.

މިއަދު އެ ފެސިލިޓީގައި ގެންގޮސްފައިވަނީ 63 އަހަރުގެ އަންހެނެކެވެ. އެ މީހަކީ ހައިރިކްސް ކެޓަގަރީގެ މީހެއް ނަމަވެސް އޭނާގެ ހާލު މިވަގުތު ރަނގަޅުކަމަށް ޒުމްރަތު ވިދާޅުވި އެވެ.

ފެސިލިޓީގައި ފަރުވާދެމުންދާ މީހުންގެ އިތުރުން މިހާރުވެސް ފުނަދޫގައި ކަރަންޓީނުގައި ހުރި ދެ މީހަކަށްވެސް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com