twitterviber whatsapp telegramfacebookyoutube instagram
21st May 2025

ފުނަދޫގައި އާ ހޮސްޕިޓަލެއް ހަދަން 135 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jul 24, 2023

ށ ފުނަދޫގައި އާ ހޮސްޕިޓަލް އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ. 50 އެނދުގެ މި ހޮސްޕިޓާ އަޅަން ހަވާލުކުރީ ސިޓްރެމަސް ހެވީ އިންޑަސްޓުރީސް އިން ޖޭ.ވީ ވިތް ފުލެޒިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

135 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި ހޮސްޕިޓަލްގެ އެކުންފުންޏާ ހަވާލުކުރީ މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކަރ ފައިނޭސްގެ އުސޫލުންނެވެ. 135,877,224.39 ރުފިޔާގެ އަގަކަށް 540 ދުވަސް ތެރޭގައި ނިންމުމަށެވެ.

ޒަމާނީ ފެންވަރުގެ މި ހޮސްޕިޓަލް އިމާރާތަކީ ދެ ބުރިއަށް ހަދާ އިމާރާތެކެވެ. އެތަނުގައި ޒަމާނީ ހިދުމަތްތައް ދިނުމަށް ހަދާ މި އިމާރާތުގައި ބްލަޑް ބޭންކެއްވެސް ގާއިމުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355