twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިންތިހާބުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދަނީ

ޚަދީޖާ އާދަމް
Feb 15, 2021

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދަން އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 33 ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް މާރިޗް 06ން މާރިޗް 13ށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީއޯޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށް ގެންދާނެ ކަމަށާއި ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީއޯޓީގެ ހަރަދުތައް ހަމަޖައްސާނެ ކަމަށާއި ޓީއޯޓީ ފުރިހަމަ ކުރާ ފަރާތްތަކާއެކު އިގުރާރު ކުރެވޭނެ ކަމަށް އީސީން ބުންޏެވެ.

ތަމްރީނުކުރުމުގައި އަތޮޅުތަކާއި ސިޓީތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/1000 ރުފިޔާގެ އުޖޫރައެއް ދެވޭނެ ކަމަށާއި ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީއޯޓީ) ޕްރޮގްރާމު ފުރިހަމަ ކުރުމުން -/1800 ގެ އުޖޫރައެއް ދެވޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ

ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި އުގަންނައި ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ. އެގޮތުން 2020 ވަނަ އަހަރު ތަމްރީން ލިބިފައިވާ ޓްރެއިނަރުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355