twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޖެނުއަރީ މަހު އިމްޕޯޓް، އެކްސްޕޯޓް އަދި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް

Feb 16, 2021

މިދިޔަ ޖެނުއަރީ މަހު އިމްޕޯޓް، އެކްސްޕޯޓް އަދި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ގޮސްފި އެވެ. ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ދަށްވެ ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 12 ޕަސެންޓް ދަށްވެފައެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރު އެތެރެކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ، 24 ޕަސެންޓްގެ ދަށްވުމެކެވެ.

ރާއްޖެއިން ބޭރުކުރި މުދަލަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު316 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 420 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ. އެއީ 25 ޕަސެންޓް ދަށްވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، ޗައިނާ އަދި އޮމާން އެވެ. ޔޫއޭއީއިން 386 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 365 މިލިއަން އޮމާންއިން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ދެވަނަ އަށް ޖަރުމަނު ވިލާތަށެވެ. އަދި ތިންވަނަ އަށް އިނގިރޭސިވިލާތަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބުނީ 240 މިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355