twitterviber whatsapp telegramfacebookyoutube instagram
26th July 2026

ކުޅުދުއްފުށީގައި އުޅޭ 60 އަހަރުންމަތީގެ މީހުންނަށް ވެކްސިން ޖަހަން ހުޅުވާލައިފި

Feb 16, 2021
1

ކުޅުދުއްފުށީގައި އުޅޭ އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް ކޮވިޑް-19 ވެކްސިން ޖެހުމަށް މިއަދު ހުޅުވާލައިފި އެވެ.

ކޭއާރުއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ވެކްސިން ޖެހުން ކުރިއަށްދާނީ މިއަދު ހަވީރު 15:00 – 17:00 އަށް އުފަންހިޔާ އިމާރާތުގައި ކަމަށެވެ.

ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު އައިޑީކާޑާއި ދާއިމީ ބައްޔަށް ބޭސްކުރާ މީހެއް ނަމަ ލިޔުންތައް ގެންދިނުމަށް ހޮސްޕިޓަލުން އެދިފައިވެ އެވެ.

ކުޅުދުއްފުށީގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މި ފެބްރުއަރީމަހު ފުރަތަމަ ދުވަހު އެވެ. ފުރަތަމަ ބުރުގައި ވެކްސިން ދިނީ 70 އަހަރުން މަތީގެ މީހުންނަށާއި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ބައެއް މުވައްޒަފުންނަށާއި ސިއްހީ ހިދުމަތްތެރިންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355