twitterviber whatsapp telegramfacebookyoutube instagram
15th December 2025

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ 8 ހަފްތާ ފަހުން

ޚަދީޖާ އާދަމް
Feb 18, 2021

ރާއްޖޭގައި ކޮވިޑް-19ގެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ވެކްސިން ޖަހާ މީހާ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

ރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައިވަނީ 8 ހަފްތާ ފަހުން ކަމަށާއި އެއީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއިން އެންމެ ފަހުގެ ދިރާސާތަކާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ބެލުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެގޮތުން ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމަށް ވުރެ އަށް ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމުން ލިބޭ ރައްކާތެރިކަން ބޮޑު ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ވެކްސިން ޖަހަމުންދާތި ރައްޔިތުން ފަރުވާކުޑަކުރަމުން ދާކަން ފާހަގަ ކުރައްވާ ޑރ ނަޒްލާ ވިދާޅުވީ އާބާދީގެ ބޮޑު ބަޔަކަށް ފުރަތަމަ ޑޯޒްވެސް ނުޖެހި އުޅޭ އިރު އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި މިހާތަނަށް 56،218 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355