twitterviber whatsapp telegramfacebookyoutube instagram
3rd March 2021

ފަތުރުވެރިކަމުގައި 44،000 ވުރެ ގިނަ އެނދު އޮޕަރޭޝަންގައި އެބައޮތް

Feb 20, 2021
2

މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ އޮޕަރޭޝަނަށް 44،277 އެނދު އޮޕަރޭޝަންގައި އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އޮޕަރޭޝަންގައި ހުރި ފެސިލިޓީތަކަށް ބަލާއިރު މިވަގުތު 146 ރިސޯޓު، 11 ހޮޓާ، 137 ސަފާރީ 352 ގެސްޓުހައުސް ހިމެނޭހެން ޖުމަލް 646 ޓޫރިސްޓު ފެސިލިޓީއެއްވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

އެގޮތުން ރިސޯޓުތަކުގެ 33672 އެނދާއި، ހޮޓާތަކުގެ 1458 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2665 އެނދާއި، ގެސްޓުހައުސްތަކުގެ 6482 އެނދު އޮޕަރޭޝަންގައި އެބައޮތެވެ.

އެންމެ ގިނަ ރިސޯޓު އޮޕަރޭޝަނަށް ހުޅުވާލާފައި ވަނީ ކ އަތޮޅުންނެވެ. އެއީ 47 ރިސޯޓެވެ. ދެން އެންމެ ގިނަ އަދަދަކަށް ރިސޯޓްތައް އަލުން ހުޅުވާފައިވަނީ ބ. އަތޮޅުންނާއި އދ. އަތޮޅުންނެވެ. މި ދެ އަތޮޅުންވަނީ 16 ރިސޯޓް ހުޅުވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މާލެ ސަރަޙައްދުންވަނީ 46 ގެސްޓްހައުސްއެއް ހުޅުވާ 1330 އެނދު ފަތުރުވެރިކަމަށް ނެރެފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސްތަކުން އެނދު ފަތުރުވެރިކަމަށް ނެރެފައިވަނީ މާފުށިންނެވެ. މާފުށިންވަނީ 27 ގެސްޓު ހައުސްއެއް އަލުން ހުޅުވާ ފަތުރުވެރިކަމަށް 1070 އެނދު ނެރެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355