twitterviber whatsapp telegramfacebookyoutube instagram
27th March 2026

އިންޑިޔާއިން، ރާއްޖެއަށް ކޮވިޝީލްޑްގެ އިތުރު އެއްލައްކަ ޑޯޒް ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Feb 20, 2021

އިންޑިޔާގެ ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފި އެވެ. ވެކްސިން ސަރުކާރާ ހަވާލުކޮށްދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފައެވެ.

ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.

ކޮވިޝީލްޑް ވެކްސިން ޖަހަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދިނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އިންޑިއާއިން ވަނީ މީގެކުރިން ވެސް ރާއްޖެއަށް އެއް ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ. އަދި މިހާރު ރާއްޖޭގައި ދެމުން އަންނަނީ ވެސް އެ ވެކްސިންނެވެ.

މި ވެކްސިނަކީ ކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާ ވެކްސިނެކެެވެ.

ޗައިނާއިން އުފައްދާ ސައިނޯފާމް ވެކްސިން ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެއީ އަމިއްލަ ފަރާތަކުން ހަދިޔާކުރި 5000 ޑޯޒްގެ އިތުރުން ޗައިނާއިން ހަދިޔާކުރި 100،000 ޑޯޒެވެ. ނަމަވެސް އެ ވެކްސިން އަދި ރާއްޖޭގައި ދޭން ފަށާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355