twitterviber whatsapp telegramfacebookyoutube instagram
26th June 2026

އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ޑރ ޒާހިރު އައްޔަން ކުރައްވައިފި

Feb 21, 2021

އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މަޤާމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރައްވައިފިއެވެ. ޒާހިރަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޒު ހާތިފް ހިލްމީއެވެ.

ޑރ. މުހައްމަދު ޒާހިރު އެމަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖލީހުން ރުހުން ދެއްވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރއެއްގެ މަގާމާއި އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ގާނޫނު ބުނާގޮތުން މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355