twitterviber whatsapp telegramfacebookyoutube instagram
19th September 2025

ނޭކުރެންދޫ މޮނީޓަރިންނަށް ލައިފި

ޚަދީޖާ އާދަމް
Feb 22, 2021
2

ހދ ނޭކުރެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިރޭ 21:33 ގަ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނީޓަރިންނަށް ލައިފައިވަނީ މިމަހު 20 ވަނަ ދުވަހު އެރަށުން ރިސޯޓަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

އެޗްޕީއޭއިން އެރަށު ކައުންސިލް އިދާރާއަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހުއްދަ ނެތި ރަށުން ފޭބުމާއި އެއްވެސް މީހަކު ރަށަށް އެރުން މަނާކަމުގައެވެ.

އެގޮތުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355