twitterviber whatsapp telegramfacebookyoutube instagram
2nd September 2025

ވޯޓާސް ލިސްޓަށް 1700 އަށްވުރެ ގިނަ ޝަކުވާ

Feb 23, 2021

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 1700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެފުރުސަތު މިމަހު 21 ގެ ނިޔަލަށް ބަންދުވީއިރު 1758 ޝަކުވާއެއް ވޯޓާސް ލިސްޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ވޯޓާސްލިޓު އާންމު ކުރުމަށް ފަހު ޝާކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލީ ރަށްވެހިވެފައިވާ ރަށް ބަދަލުވެފައިވާ ފަރާތްތަކަށާއި މިހާރު ދުނިޔޭގައި ނެތް ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނޭ ނަމަ އެ ނަންތައް އުނިކުރުމަށެވެ.

ވޯޓާސް ލިސްޓު އިއުލާނު ކުރާނީ އެ ޝަކުވާތައް އިސްލާހު ކުރުމަށް ފަހު އެވެ. ދެން ހުޅުވާލާނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް އެދޭނަމަ ރި ރެޖިސްޓްރީ ވުމުގެ ފުރުސަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355