twitterviber whatsapp telegramfacebookyoutube instagram
7th January 2026

ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 80،159 އަރައިފި

ޚަދީޖާ އާދަމް
Feb 23, 2021

ރާއްޖޭގައި މިމަހު އެއްވަނަ ދުވަހު ކޮވިޑް-19 ވެކްސިން ދޭން ފަށާފައިވާއިރު ހޯމަ ދުވަހުގެ ރޭގެ ނިޔަލަށް 80،159 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

ހޯމަ ދުވަހު 5085 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 3،497 މީހުން އަދި އަތޮޅު ތެރެއިން 1،588 މީހެކެވެ. ރިސޯޓްތަކުގައި ވެސް ހޯމަ ދުވަހު ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ އިރު، ރިސޯޓްތަކުން 443 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

މިއަދު ވެސް ވެކްސިން ޖެހުން ކުރިއަށް ދާއިރު އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށާއި، 30 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355