twitterviber whatsapp telegramfacebookyoutube instagram
28th November 2025

ކޭއާރުއެޗުގައި ދިހަހާހަށްވުރެގިނަ ކޮވިޑް ސާމްޕަލް ޓެސްޓްކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 23, 2021

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޕީސީއާރު ލެބުގައި މިހާތަނަށް 10،000 އަށްވުރެގިނަ ކޮވިޑް-19 ސާމްޕަލް ޓެސްޓްކޮށްފި އެވެ.

އަތޮޅުތެރޭގައި ދެވަނައަށް ކޮވިޑް ސާމްޕަލް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސި މި ހޮސްޕިޓަލުން މިހާތަނަށް 10،355 އަށްވުރެގިނަ ކޮވިޑް ސާމްޕަލް ޓެސްޓްކޮށްފައިވެ އެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ސަރަހައްދީ މި ލެބުގެ ސަބަބުން ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ސާމްޕަލްގެ ނަތީޖާ ލިބުމުގައި އަވަސްވެގެންދާ ކަމަށާއި އަދި މިއީ ސަރަހައްދުގައި ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ވަރަށް ލިމިޑެޓް މުވައްޒަފުންނާއެކީގައި ލެބުގައި ހަރަކާތްތެރިވާ ޓީމަށާއި އާރުއާރުޓީގެ ޓީމަށް އަހުމަދު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

ކޭއާރުއެޗުގައި ކޮވިޑް ސާމްޕަލް ޓެސްޓް ހަދަމުންދަނީ މެނުއަލް އެކްސްޓްރެކްޝަން ކިޓްގައި އެވެ. އެ ހޮސްޕިޓަލްގައި ކޮވިޑް-19 ސާމްޕަލް ޓެސްޓްކުރަން ފެށީ ޖުލައިމަހު އެވެ. މިހާތަނަށް އެ ހޮސްޕިޓަލުން ގިނަ ސާމްޕަލްތަކެއް ޓެސްޓްކޮށްފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 116 ސާމްޕަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355