twitterviber whatsapp telegramfacebookyoutube instagram
12th April 2025

އެލްޖީއޭ ފެއިލްވެފައިވާކަމަށް ވިދާޅުވެ ކުމުންދޫ ކައުންސިލް ރައީސްގެ ހޫނު ހަމަލާއެއް

އަބްދުލް ވާހިދު ޙަސަން
Feb 26, 2021
3

ކައުންސިލްތަކުގެ ބަލަދުވެރިކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިހުމާލުވެކަމަށް ވިދާޅުވެ ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު، އެލްޖީއޭއާމެދު ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އެލްޖީއޭއަށް އަމީން ފާޑުވިދާޅުވެފައިމިވަނީ 2019 ވަނަ އަހަރުގެ ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސް އެ އޮތޯރިޓީން މިއަދު އާންމުކޮށްފައިވަނިކޮށްނެވެ. އެ ރޭންކިގައި ހދ އަތޮޅުގައި އެންމެ ދަށުގައި އޮތީ ކުމުންދޫ އެވެ.

އެކަމަށް އިޝާރާތްކުރައްވަމުން މިރޭ އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެލްޖީއޭއިން ނެރެފައިވާ ޕާފޯމަންސް އިންޑެކްސްގައި ކުމުންދޫ ކައުންސިލް ދަށްވެފައި އޮތުމަކުން އެއްވެސް ރައްޔިތަކު ކަންބޮޑުވާކަށް ނުޖެހޭ ކަމަށެވެ. ކުމުންދޫ ކައުންސިލުން ވާނީ ރައްޔިތުންނަށް ރަށްވެހިކަމުގެ ހިދުމަތް ދިނުމުގައި އަވަދިނެތި މަސައްކަތް ކޮށްފަކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދީފައި ޕާފޯމަންސް އިންޑެކްސް މަތިން ހޯދުމަށް ފޮނުވަން ޖެހޭ ރިޕޯޓްތައް ފޮނުވުމަށް ވަގުތެއް ނޯނަ ކަމަށެވެ. އިންސާނީ ވަސީލަތް ތަރައްގީކުރުމާއި އޮނިގަނޑުގައި ހިމެނޭ ވަޒީފާތައް ހޯދަން އާދޭސް ކުރާތާ 6 އަހަރުވެއްޖެ ކަމަށާއި ކައުންސިލުން މިހާތަނަށް ކުރަމުންދާ އިދާރީ މަސައްކަތުގެ 50 އިންސަތަ މަސައްކަތް ކުރަމުންދަނީ ތިން ކައުންސިލް މެމްބަރުން ކަމަށްވެސް އަމީން ވިދާޅުވި އެވެ.

Local Government Authority nerefaivaa performances index gai kumundhoo council dhahhvefa othumakunn ehhvess rayyithaku...

Posted by Ameen Mohamed on Friday, February 26, 2021

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ، އަމީން ވިދާޅުވީ ތަހުޒީބު ޒަމާނެއްގައި ކައުންސިލްތަކަށް ގާނޫނުން ލާޒިމްކުރާ އެންމެހާ ހިދުމަތް ދިނުމުގައި ރަށްރަށު ކައުންސިލްތަކުގެ މެދުގައި އެއްހަމައަކުން މުވައްޒަފުން ތިބެންޖެހޭ ހިނދު ކުމުންދޫ ކައުންސިލުގައި މިވަގުތު ތިބި މަދު މުވައްޒަފުންނާއެކު ޕަފޯމަންސް ދައްކަމުންދަނީ އެއްވަނާގައި ކަމަށެވެ.

މި އިންޑެކްސްގައި ހދ އަތޮޅުން އެއްވަނާގައި އޮތީ ނެއްލައިދޫ އެވެ. ދެވަނާގައި ކުރިނބީ އޮތްއިރު ތިންވަނައަށް ގޮސްފައިވަނީ ވައިކަރަދޫ އެވެ. ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްގައި ރޭންކު ކުރާގޮތާމެދު ގިނަ ކައުންސިލްތަކަކުން އަބަދުވެސް ކަންބޮޑުވުންފާޅުކުރެ އެވެ.

ލޯކަލް ޕާރފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު ތައާރަފު ކޮށްފައިވާ ހާއްސަ އިންޑެކްސްއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355