twitterviber whatsapp telegramfacebookyoutube instagram
29th August 2026

އުރީދޫގެ އެހީތެރިކަމާއެކު ކުމުންދޫގައި ވޯލްޑްކަޕް ބެލޭނެ ގޮތް ކައުންސިލުން ހަދައިފި

ނަބީލާ އިސްމާޢީލް
Nov 20, 2022

އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއި އެކު ހދ. ކުމުންދޫގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމް ކުމުންދޫ ކައުންސިލުން ހަމަޖައްސައިފި އެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވޯލްކަޕް ބެލޭނެ އިންތިޒާމް ހަމަޖެހިފައިވަނީ އުރީދޫއާއި ކައުންސިލާ ދެމެދު ވެވުނު އެގުރިމެންޓެއްގެ ދަށުން އުރީދޫގެ ފޭން ޒޯނެއްގެ ގޮތުގައި ހަމަޖެހިގެން ކަމަށެވެ.

އަމީން ވިދާޅުވީ މި އެހީތެރިކަމާއިއެކު 75 އިންޗީގެ ޓީވީއެއްގައި ކައުންސިލުގެ ގޯތިތެރޭގައި ގާތްގަނޑަކަށް 50 މީހުންގެ ޖާގައެއްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. މި ޓީވީ ހަދިޔާކޮށްފައިވަނީވެސް އުރީދޫއިންނެވެ.

އަމީން ވިދާޅުވީ މިފަދަކަމެއް ކުމުންދޫގައި ކުރަން ކައުންސިލާގުޅިފައިވާތީ އުރީދޫއަށް ޝުކުރުދަންނަވާކަމަށެވެ.

މިރޭ ފެށޭ ދުނިޔޭގެ ތައްޓަށް ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕް 2022 ބެލުމަށް މުޅި ދުނިޔެ މިދަނީ އެކި ގޮތްގޮއް ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355