twitterviber whatsapp telegramfacebookyoutube instagram
13th July 2026

ޓޫރިޒަމް ތަރައްގީކުރަން ކެލާއިން ދޫކުރާ ބިންތަކުގެ ބިޑަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Feb 28, 2021
1

ހއ ކެލާ ގައި ޓޫރސްޓު ހޮޓަލާއި ގެސްޓްހައުސް އެޅުމަށް ދޫކުރާ 12 ބިމަށް ބިޑް ހުށަހަޅަން ހުޅުވާލައިފި އެވެ. ކެލާގައި ދެ ޓޫރިސްޓު ހޮޓަލާއި 12 ގެސްޓްހައުސް އެޅުމަށް އެ ރަށުން ދޫކުރަން ނިންމާފައިވާ 10،000 އަކަފޫޓާއި 5000 އަކަފޫޓުގެ ބިންތަކަށް ބިޑު ކުރުމަށް ވަނީ ހުޅުވާލާފައެވެ.

އެރަށުން ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކެލާ ގައި ޓޫރިސްޓު ހޮޓާ އަޅައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މާޗު މަހުގެ 11 ވަނަ ދުވަހު އޮންނާނެ އެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރެޖިސްޓްރީ ވާން ޖެހޭނީ އޮންލައިން ފޯމެއް ފުރިހަމަކުރުމަށް ފަހު ކަމަށެވެ.

އެގޮތުން މާޗު ނުވަޔެއްގެ ކުރިން ބައްދަލުވުމުގައި ބައިވެރިވާން ނަން ނޯޓުކޮށް ރެޖިސްޓާވާން ޖެހެ އެވެ. މި ޕްރޮޖެކްޓަށް ޕްރޮޕޯޒަލް ހުށަހަޅަން ޖެހެނީ 25 މާޗު ވަނަ ދުވަހު ކަމަށްވެސް އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355