twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކެލާގައި އަލުން ކަނޑޫ ހައްދަން ފެށުމަށް ކަނޑޫ ހޮވުން ވަކި މުއްދަތަކަށް މަނާކޮށްފި

މުޙައްމަދު އަހުމަދު
Dec 5, 2021

ކެލާ ކަނޑޫފަލުގައި މަރުވެފައިވާ ކަނޑޫ ގަސްތައް އެސަރަހައްދުން ނަގައި އަލުން ކަނޑޫ އިންދާ ހެއްދުމުގެ މަސައްކަތް ކުރުމަށް ކެލާ ކައުންސިލުން ނިންމާ ކަނޑޫހޮވުން ހަ މަސް ދުވަހުގެ މުއްދަތަކަށް މަނާކޮށްފި އެވެ.

ކެލާ ކައުންސިލުން ހާމަކުރާގޮތުގައި މިކަމަށްޓަކައި މިހާރު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް ބޭނުންވެ އެވެ. އެހެންކަމުން މި ކަނޑޫ ގަސްތައް ވިއްކުމަށް ހަމަޖެހިފައިވަނީ އެކައުންސިލުން ހިކި ކަނޑޫ ގަސް ވިއްކުމަށް ކަނޑައަޅާފައިވާ އަގުތަކަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ކަނޑައަޅާފައިވާ ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑޫ ގަސްތަކާމެދު އަމަލުކުރަންޖެހޭ އުސޫލާ އެއްގޮތަށެވެ.

ހިކި ކަނޑޫގަސް ވިއްކުމަށް ކައުންސިލުން ފާސްކޮށްފައިވާ އަގުތައް:

1. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 10 ސެންޓިމީޓަރު ހަމަ ނުވާނަމަ ހިލޭ.

2. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 10 ސެންޓިމީޓަރާ 20 ސެންޓިމީޓަރާ ދެމެދުގެ ގަހުގެ އަގަކީ 5 ރުފިޔާ.

3. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 20 ސެންޓިމީޓަރާ 30 ސެންޓިމީޓަރާ ދެމެދުގެ ގަހުގެ އަގަކީ 10 ރުފިޔާ.

4. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 30 ސެންޓިމީޓަރަށްވުރެ ބޮޑުނަމަ ކޮންމެ ގަހެއްގެ އިތުރުވާ ކޮންމެ 1 ސެންޓިމީޓަރަކަށް 50 ލާރީގެ ރޭޓުން އަގު އިތުރުވާނެ.

ހިކި ކަނޑޫ ގަސް ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއިން ދޫކުރާ ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިފަ އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅަފައިވާ "ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑޫ ގަސްތަކާމެދު އަމަލުކުރަންޖެހޭ އުސޫލް"ގެ ދަށުން ކަނޑޫހޮވުން އެކައުންސިލުން މި ޑިސެމްބަރުގެ މަހުގެ 2 ވަނަ ދުވަހު ކުރި އިއުލާނުގެ ތާރީހުން ފެށިގެން 6 މަސް ދުވަހަށް މަނާކުރެވިފައިވާކަން ވަނީ އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355