twitterviber whatsapp telegramfacebookyoutube instagram
14th May 2026

ކެލާގެ މާބަނޑު މީހުންނަށް ހާއްސަ ޕެކޭޖްތަކެއް

Oct 5, 2021

ހއ ކެލާ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން އެރަށުގެ މާބަނޑު އަންހެނުންނަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ކޭއޯއާ ވާހަގަ ދައްކަވަމުން ވިދާޅުވި 9 އުފާ ޕްރޮގްރާމްގެ ނަމުގައި ފެށި މި ޕްރޮގްރާމުގައި އެރަށު މާބަނޑު އަންހެނުންނަށް ހާއްސަ ޕެކޭޖްތަކެއް ހިމެނޭކަމަށެވެ.

އެގޮތުން މާބަނޑު ވީންސުރެ ވިހަންދެން ކޮންމެ މަހަކު ހާއްސަ ކާނާ ޕެކޭޖް ހަދިޔާކުރާނެ ކަމަށާއި މި ޕެކޭޖުގައި ތަރުކާރީއާއި މޭވާފަދަ ސިއްހަތައް ފައިދާ ހުރި ކާނާ ހިމެނޭނެ ކަމަށް އިންފާޒް ވިދާޅުވި އެވެ. އެއަށްފަހު ވިހެއުމަށް ޓަކައި ރަށުން ބޭރަށްދާ ދަތުރުގެ ހަރަދުވެސް ދޭނެކަމަށާއި ދަތުރު ހަރަދުގެ ގޮތުގައި ވަކިވަރެއް ހަމަޖައްސާފައިވާނެ ކަމަށް އިންފާޒް ވިދާޅުވި އެވެ. އަދި ދަރިފުޅަށްވެސް ހާއްސަ ޕެކޭޖެއް މި ޕްރޮގްރާމްގެ ދަށުން ދެވިގެންދާނެއެވެ.

އިންފާޒް ވިދާޅުވީ މި ޕްރޮގްރާމުގެ މަގުސަދަކީ މާބަނޑު މީހުންގެ ދުޅަހެޔޮކާނާ ފޯރުކޮށްދީ މާބަނޑު ދުވަސްވަރަކީ އިތުރު ހަރަދުތައް ހިނގާނެ ދުވަސްވަރެއް ކަމުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ދެވިގެންދާ ޕެކޭޖްތަކަށް އެރަށުގެ ވިޔަފާރިވެރިންނާއި އެހެނިހެން ފަރާތްތަކުންވެސް އެހީތެރިކަން ލިބެމުންދާކަން އިންފާޒް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355