twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަތޮޅުތަކަށް ޑޮކްރަރުންނާއި ނަރުހުން ހަމަނުވާ މައްސަލަ ޖޫންމަހުގެ ނިޔަލަށް ހައްލުވާނެ

ޚަދީޖާ އާދަމް
Mar 1, 2021

އަތޮޅު ތެރޭ ސިއްހީ ހިދުމަތް ދެމުން އަންނަ ތަންތަނަށް، ޑޮކްރަރުންނާއި ނަރުހުން ހަމަނުވާ މައްސަލަ އަންނަ ޖޫންގެ ނިޔަލަށް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރަށްވެހިފަތިސް ކެމްޕެއިންގެ ތެރެއިން ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، އަތޮޅު ތެރޭ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކަށް މުވައްޒަފުން މަދުވާ މައްސަލަ މުޅިން އެކީ އެކައްޗަކަށް ޖޫންގެ ނިޔަލަށް ހައްލުވެގެން ދާނެ ކަމަށެވެ.

އަދި އެތަންތަނަށް މިހާރު ވެސް ޑޮކްޓަރުންނާއި ނަރުހުން ލިބޭވަރަށް ފޮނުވަމުންދާ ކަމަށް ނަސީމް ވިދާޅުވި އެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 163 ޑޮކްޓަރުންނާއި ޑޮކްޓަރުން ގެނައުމަށް ކަމަށާއި އެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ވެސް ޑޮކްޓަރުންނާއި ނަރުހުން ލިބޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355