twitterviber whatsapp telegramfacebookyoutube instagram
27th July 2024

އަންނަ އަހަރު އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ

ޚަދީޖާ އާދަމް
Mar 1, 2021
1

އަންނަ އަހަރު އޮތޮޅުތެރެއަށް 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ރޭވިފައިވާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ހަރަކާތުގެ ތެރެއިން ނ. އަތޮޅަށް ހާއްސްކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަތޮޅުތެރޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ރޭވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަމާއި ގުޅުންހުރި ގިނަ އަދަދެއްގެ ލޯނު މިއަހަރުގެ ދެވަނަ ކުއާޓަރގައި ދޫކުރަން ފަށާނެ ކަމަށާއި އަންނަ އަހަރު އަތޮޅުތެރެއަށް ހާއްސަކޮށްގެން 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށެވެ

މިބައްދަލުވުމުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަން ފާހަގަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް 2022 ވަނަ އަހަރު ފެށޭނެ ކަމަށާއި މިއަހަރުގެ މެދުތެރެއިން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އަސްލަމް ވަނީ މިމަޝްރޫއުތަކާއި ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި އެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355