twitterviber whatsapp telegramfacebookyoutube instagram
20th April 2021

ފެބްރުއަރީ މަހު ރާއްޖެއަށް 96،881 ފަތުރުވެރިން އައިސްފައިވޭ

ޚަދީޖާ އާދަމް
Mar 2, 2021

މިދިޔަ މަހު 96،881 ޓޫރިސްޓުން ރާއްޖެ އައިސްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މަހެވެ.

ފެބްރުއަރީ މަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،460 ޓޫރިސްޓުން ރާއްޖެ އައި ކަމަށްވެސް ހިސާބުތައް ދައްކައެވެ. އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިޔާއިންނެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް އެގަމުން 44،039 ފަތުރުވެރިން އައިސްފައިވާއިރު މިިދިޔަ މަހު އެކަނިވެސް އެގައުމުން 24،905 ފަތުުރުވެރިން އައިސްފައި ވެއެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. މިދިޔަ މަހު އެގައުމުން 19،724 ފަތުރުވެރިން އައިސްފައިވާއިރު ބޯޑަރު ހުޅުވާލުމަށް ފަހު މިހާތަނަށް އެ ގައުމުން 40،698 ފަތުުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ ނިޔަލަށް މި އަހަރު ތެރޭ ޖުމްލަ 188,984 ޓޫރިސްޓުން އައިސްފައިވެއެވެ.

ސަރުކާރުން ބުނީ އަމާޒަކީ މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355