twitterviber whatsapp telegramfacebookyoutube instagram
24th April 2024

އިންތިހާބުގެ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Mar 2, 2021

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.

އީސީން ބުނީ މި ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށާއި އެ މުއްދަތުގައި ރަޖިސްޓަރީވާން ހުށަހަޅާނީ ހަތަރެއް އޭޕްރީލް 2020 ވީ ހޮނިހިރު ދުވަހު ބާއްވަން ނިންމައި ފަހުން ފަސްކުރި އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށެވެ.

ނަމަވެސް އެ އިންތިހާބުގައި ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާ ކުއަލަލަންޕޫރު އަދި އިނގެރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން އޭޕްރީލް 10 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަނުގެ ގޮތުގައި ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ހިމެނޭ ތަނެއްގަ އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އިނގިރޭސި ވިލާތާއި މެލޭޝިޔާގައި ނުބެހެއްޓޭނެ ކަން މީގެ ކުރިން ހާމަކޮށްފައެވެ.

އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލާން ރެޖިސްޓަރީ ކުރަންވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355