twitterviber whatsapp telegramfacebookyoutube instagram
6th April 2025
ށ ފުނަދޫގައި ހުންނަ އެ އަތޮޅުގެ، އަތޮޅު ހޮސްޕިޓަލް-- ފޮޓޯ: ށ އަތޮޅު ހޮސްޕިޓަލް ފޭސްބުކް

ފުނަދޫ ހޮސްޕިޓަލުގައި އެކްސްޓެންޝަނެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ޚަދީޖާ އާދަމް
Mar 8, 2021

ށ ފުނަދޫގައި ހުންނަ އެ އަތޮޅުގެ، އަތޮޅު ހޮސްޕިޓަލުގައި އެކްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މާޗު 7 ވަނަ ދުވަހުން ފެށިގެން މާޗު 16 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން sh.atollhospital@health.gov.mv ނުވަތަ tender@health.gov.mv އިއުލާނާއެކު ގެޒެޓްކޮށްފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އިމެއިލް ކުރުމަށެވެ.

އަންދާސީ ހިސާބު ހުށައެޅުން 18 މާޗުވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އޮންނާނެ ކަމަށާއި އަންދާސީ ހިސާބު ހުށައެޅޭނީ ހެލްތް މިނިސްޓްރީއަށާއި ށ އަތޮޅު ހޮސްޕިޓަލަށްކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނާއި ބެހޭގޮތުން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 16 މާޗުވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން sh.atollhospital@health.gov.mv ނުވަތަ tender@health.gov.mv އަށް މެއިލްކުރުމަށް އެ މިނިސްޓްރީން އެދެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com