twitterviber whatsapp telegramfacebookyoutube instagram
15th July 2025

އަންގާރަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން މާލެއަށް!

އަބްދުލް ވާހިދު ޙަސަން
Mar 10, 2021
5

މިދިޔަ އަންގާރަ ދުވަހު ދެ ސައިކަލް ޖެހި، ކުޅުދުއްފުށި ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވަން ހަމަޖެހިއްޖެ އެވެ.

އިއްޔެ ދެ ސައިކަލް ޖެހި އެކްސިޑެންޓްވީ ކާނިވަލް ރެސްޓޯރެންޓާ ދިމާ ބަނދަރު ސަރަހައްދުގައި އެވެ. އިއްޔެ ހިނގި މެންދުރުފަހު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވީ ދެ ފިރިހެނުންނަށެވެ. އެއީ 39 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ.

އެ ދެ މީހުންނަކީވެސް އެ ވަގުތު އެ ސައިކަލް ދުއްވަން ތިބި މީހުންނެވެ.

ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ލިބިފައިނުވިނަމަވެސް، ކޭއާރުއެޗުން ބުނީ، ދެ މީހުންވެސް މާލެ ފޮނުވާލަނީ ކޭއާރުއެޗުން ނުކުރެވޭވަރުގެ ދެ އޮޕަރޭޝަނެއް ކުރަން ކަމަށެވެ. އެގޮތުން 39 އަހަރުގެ މީހާގެ ކަކުލުގެ ރެނދެއް ލާފައިވާއިރު 50 އަހަރުގެ މީހާގެ މޫނުމަތީގެ ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ބެލި ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުން ބުނީ، އެ ދެ އޮޕަރޭޝަންވެސް ކުރެވޭނެ ގޮތެއް ކޭއާރުއެޗުގައި ނެތް ކަމަށާ އެހެންވެ އެ އޮޕަރޭޝަންތައް ކުރުމަށް މާލެ ފޮނުވާލަނީ ކަމަށެވެ.

ކުޅުދުއްފުށީގައި މިއަދުވެސް ވަނީ ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355