twitterviber whatsapp telegramfacebookyoutube instagram
23rd March 2026

އިއްޔެ އަތޮޅުތަކުން 1،506 މީހުން ވެކްސިން ޖަހާފައިވޭ

ޚަދީޖާ އާދަމް
Mar 13, 2021

ހުކުރު ދުވަހު އަތޮޅު ތެރެއިން 1،506 މީހުން ވެކްސިން ޖެހާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ. ހުކުރު ދުވަހު ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އަތޮޅުތެރޭގައެވެ.

މާލެ ސަރަހައްދުން ހުކުރު ދުވަހު ވެކްސިން ޖަހައިދިނުން ވަނީ ހުއްޓާލާފައިވާއިރު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 188،436 ށް އަރައިފައެވެ. އެއީ މާލޭ ސަރަހައްދުން ވެކްސިން ޖެހި 105،836 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 82،600 މީހުންނެވެ.

ވެކްސިންގެ ދެވެނަ ޑޯޒް މެއި މަހު ތެރޭގައި ޖަހަން އެޗްޕީއޭއިން ނިންމާފައިވާއިރު، އެޗްޕީއޭއިން ބުނީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އެންމެ އަވަސްކޮށްވެސް ފެށޭނީ އޭޕްރިލް މަހު ކަމަށެވެ.

ރާއްޖޭގައި ދެމުން ދަނީ އިންޑިޔާގެ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ އެއް ލައްކަ ޑޯޒު މިދިޔަ ޖެނުއަރީމަހު އިންޑިއާއިން ރާއްޖެއަށް ގެނެސްފައިވާއިރު އެ ހުސްވަންދެން ވެކްސިން ޖަހާފައިވެއެވެ. އޭގެ ފަހުންވެސް އިންޑިއާއިން ވަނީ ކޮވިޝީލްޑްގެ އިތުރު އެއް ލައްކަ ޑޯޒު ރާއްޖެއަށް ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355