twitterviber whatsapp telegramfacebookyoutube instagram
8th July 2026

މާފަރާއި މުމްބާއީއާ ދެމެދު މޯލްޑިވިއަނުން ދަތުރުތައް ފަށަނީ

Mar 14, 2021

މޯލްޑިވިއަން އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން ހަފްތާ އަކު ތިން ދަތުރު މާފަރާއި މުމްބާއީއާ ދެމެދު ބާއްވާނެއެވެ. މި ދަތުރުތައް ފެށުމަށް މުމްބާއީ އިން މިހާރު ޖީއެސްްއޭ އެއްވެސް ހަމަޖައްސާފައިވާކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދުވިދާޅުވީ މާފަރު-މުމްބާއީ ދަތުރުތައް އަންނަ މަހުގެ 13 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ކަމަށާއި މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ގާތްގަނޑަކަށް 10،000 ޓޫރިސްޓު އެނދު ހިމެނޭ ސަރަހައްދެއް ކަމަށާއި އަލަށް ފަށާ މި ދަތުރުތަކުގެ ބޭނުން ރިސޯޓުތަކާ ގެސްޓަހުސް ތަކުން ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިހާދު ވިދާޅުވީ މާފަރުން ފުރައިގެން ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްރަށަށް ސްޕީޑު ބޯޓުގައި ގަޑިއެއްހައި އިރުން ދެވޭނެ ކަމަށެވެ. ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓުތައް މާފަރު އެއާޕޯޓު އޮންނަ ސަރަހައްދުގައި ހިމެނޭއިރު މިއަހަރުގެ މިހާތަނަށް 211 ޖެޓު ޖައްސާފައިވާ ކަމަށް މޯލްޑިވިއަންގެ އެމްޑީ މިހާދު މިއަދު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355