twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކަށް ވޯޓުލާނެ ވަގުތުތައް އިއުލާންކޮށްފި

ޚަދީޖާ އާދަމް
Mar 15, 2021

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.

ކުރީ ފަހަރުތަކަކޭ ވެސް އެއްގޮތަށް އިންޑިއާ، ސްރިލަންކާ، މެލޭޝިއާ އަދި އިނގިރޭސިވިލާތުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަނުން މަސައްކަތް ކުރިނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން މެލޭޝިއާ އަދި އިނގިރޭސިވިލާތުގައި ފޮށި ބެހެއްޓޭގޮތް ވަނީ ނުވެފައެވެ.

އެ ކޮމިޝަނުން ބުނީ އިންޑިއާ ގެ ޓްރިވެންޑްރަމް އަދި ސްރީލަންކާގެ ކޮލޮމްބޯ ގައި ވޯޓުލުން ފަށާނެ ގަޑިއަކީ އެ ގައުމުގެ ގަޑިން ހެނދުނު 07:30 ން ހަވީރު 17:30 އާ ހަމައަށް ކަމަށެވެ. ކުރިއަށް އޮތް އިންތިހާބުގައި ބޭރު ގައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓޭނެކަން މިހާތަނަށް ޔަގީންވެފައިވަނީ ސްރީލަންކާގައި އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑްގެ ސަބަބުން ވޯޓުލުމަށް އެދިގެން ހުށަހަޅާ ހުރިހާ ރިސޯޓްތަކެއްގައި ވޯޓު ފޮށި ބަހައްޓަން ޖެހޭއިރު ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓު ފޮއްޓާއި ޕޯލިންގް ސްޓޭޝަންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި މިފަހަރުގެ އިންތިޚާބަކީ ގޮންޖެހުންތައް ބޮޑު އުނދަގޫ އިބްތިހާބެއްކަމުގައިވިޔަސް އިންތިހާބު ބާއްވަން އޮތް ތާރހަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355