އަންނަ ޖޫންމަަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަަދު ވިދާޅުވެއްޖެ އެވެ.
ކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަަމުން ނަސީމް ވިދާޅުވީ ހުރިހާ ރަަށަކަށް އެމްބިއުލާންސް ހަމަކުރުމަށް އެމްބިއުލާންސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގެންނާނީ އާ އެމްބިއުލާންސް ކަމަށާއި އެންމެ ފުރަތަމަ އެމްބިއުލާންސް ލިބޭނެކަމަށް ލަފާކުރެވެނީ އޭޕްރިލް ގައި ކަމަށެވެ.
ނަސީމް ވިދާޅުވި ގޮތުގައި ރަށްރަަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުންނެވެ. އެއީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގައި އަދި އެހެން ޕްރޮގްރާމަކުންނެެވެ.
ރާއީ ކުރެއްވި އެއް ސުވާލަކީ ދެފަހަރެއްގެ މަތިން ރަށްރަށަށް އެމްބިއުލާންސް ފޮނުވި އިރު ވެސް މަކުނުދޫ ދާއިރާގެ ރަށްރަށަށް އެމްބިއުލާންސް ނުލިބުނީ ކީއްވެތޯ އެވެ. އެހެންކަމުން މިފަހަރު އަންނަ އެމްބިއުލާންސްތައް ފޮނުވާއިރު މަކުނުދޫ ދާއިރާއަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.