twitterviber whatsapp telegramfacebookyoutube instagram
4th June 2025

މަތީ ތައުލީމު ލޯނަށް 1000 ވުރެ ގިނަ ކުދިން ކުރިމަތި ލައިފި

ޚަދީޖާ އާދަމް
Mar 20, 2021

ރާއްޖެ އާއި ރާއްޖެ އިން ބޭރުން ކިޔެވުމަށް މަތީ ތައުލީމުގެ ލޯނަށް 1000 ވުރެ ގިނަ ކުދިން ކުރިމަތި ލާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ފުރުސަތު ބަންދުވި އިރު 1176 ފަރާތަކުން އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ. ލޯނަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. ފުރުސަތު ބަންދުވީ މާޗު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިނިސްޓަރު ވިދާޅުވީ އެޕްލިކޭޝަންތައް ވަޒަން ކުރާނީ ތެދުވެރިކަމާއި އިހްލާސްތެރިކަމއެކު، އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ކަމަށެވެ.

މިފަހަރުގެ ލޯން ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޖާގަ ހަމަޖައްސާފައިވެ އެވެ. މި އަހަރު ހުޅުވާލީ ލޯނުގެ 770 ފުރުސަތެވެ. އޭގެ ތެރެއިން 290 ސްލޮޓް ހާއްސަކުރީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355