twitterviber whatsapp telegramfacebookyoutube instagram
23rd June 2026

އެމްއައިޓީޓީގެ ދެ އެވޯޑެއް ރާއްޖެއަށް

ޚަދީޖާ އާދަމް
Mar 21, 2021

ރަޝިޔާގެ މޮސްކޯގައި މިހާރު ކުރިއަށްދާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް އެގްޒިބިޝަން (އެމްއައިޓީޓީ)ގެ ދެ އެވޯޑެއް ރާއްޖެއަށް ލިބިއްޖެ އެވެ.

ރާއްޖެެެއަށް ލިބިފައިވަނީ ބެސްޓް އައިލެންޑް ޕްރެޒެންޓޭޝަން އަދި ބްރައިޓްނިންގް އެގްޒިބިޝަންގެ އެވޯޑެވެ.

މި މަހުގ 16 އިން 18 އަށް މޮސްކޯ ގައި ކުރިއަށް ދިޔަ ފެއާ އަކީ ރަޝިއާ އަދި ސީއައިއެއްގެ ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އެއްތަނަކުން ބައްދަލުކޮށް ބައިވެރިވާ ފެއާ އެކެވެ.

އެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 23 މަންދޫބަކު ބައިވެރިވި އެވެ. އެ ފެއާގެ މަގުސަދަކީ ރަޝިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަ ކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފަ އެވެ.

މިއީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން ފެއާ އަކަށް ގޮސް ރާއްޖެ އިޝްތިހާރު ކުރި ފުރަތަމަ ފަހަރެވެ.

ރަޝިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ މުހިއްމު އެއް މަންޒިލެވެ. މިދިޔަ އަަހަރު ރާއްޖެއަށް ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. މިއަހަރުގެ މިހާތަނަށް 238،533 ޓޫރިސްޓުން އައި އިރު، 21.5 ޕަސެންޓު މީހުންނަކީ ރަޝިއާ އިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355