twitterviber whatsapp telegramfacebookyoutube instagram
14th June 2026

ހއ އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ލައްގަނީ

Mar 21, 2021

ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓުތަކެއް ލައްގަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން ޔަގީންކޮށްދެއްވައިފައިވާއިރު އެ އަތޮޅު ފިއްލަދޫ އަދި ވަށަފަރަށް ވެސް އެފަދަ ޕެކެޓުތަކެއް ވަނީ ލައްގައިފަ އެވެ.

ފުލުހުން ބުނީ އެފަދަ ޕެކެޓުތަކެއް ލައްގަމުންދާތީ ފުލުހުންގެ ޓީމެއް ހއ އަތޮޅުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިއްލަދޫ ފަޅުތެރެއިން މިއަދު ހެނދުނު 11:30 ހާއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ކުދި ޕެކެޓުތަކެއް ހުރި ބޮޑު ގޯންޏެއް ކަހަލަ އެއްޗެއް ލައްގާފައިވެއެވެ. އެތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާއިރު ގޯނި ފެނިފައިވަނީ މަހަށް ގޮސް އައި ދޯންޏަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355